އިންޓަ ސްކޫލް ކްރިކެޓް މުބާރާތް: 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދަައިފި

އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ތާޖުއްދީން ސްކޫލް ޓީމު —

ހަތްވަނަ އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފި އެވެ.
4 ސްކޫލެއް ވާދަކުރި 16 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ތާޖުއްދީނުން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އެގޮތުން އިއްޔެ ކުޅުނު ފައިނަލް މެޗުގައި ތާޖުއްދީން ވަނީ މުހްޔިއްދީން ސްކޫލް ބަލިކޮށްފަ އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ކުޅެން އަރާ ތާޖުއްދީން ސްކޫލުން ވަނީ 8 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 163 ލަނޑު ހަދާފަ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 68 ލަނޑު ހެދި ޝިއުޒް ފަރީދެވެ.

ޖަވާބުގައި މުހްޔިއްދީން ސްކޫލް ކުޅެން އަރާ 20 އޯވަރު ނިމުުނުއިރު ހެދުނީ 102 ލަނޑެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަދި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ ތާޖުއްދީނުގެ ޝިއުޒް ފަރީދެވެ. އަދި އެންމެ މޮޅު އުކުންތެރިޔަކަށް މުހައްމަދު ނަވީލް ހޮވުނުއިރު، އެންމެ މޮޅު ފީލްޑް ޕްލޭޔަރަކަށް ހޮވުނީ އިބްރާހިމް އަމީނެވެ.

Post comment

Your email address will not be published. Required fields are marked *

© 2016 Thaajuddeen School