ތިރީސްވަނަ އަހަރީ ތާޖު ދުވުން ބާއްވައިފި

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްކޫލުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ތާޖް ދުވުމުގެ ނަމުގައި ޙަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މި ދުވުން ޝަރަފުވެރި ކޮށްދެއްވީ މަހާރެހެންދި  ފަޒްނާ އަޙްމަދު އެވެ.

ތާޖް ރަން ދުވުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ރަސްފަންނު ސަރަހައްދުން ފެށިގެން ހެންވޭރު ދަނޑަށެވެ. އެއަށްފަހު 30 ވަަނަ އަހަރީ ދުވަހުގެ ޚާއްޞަ އެސެމްބްލީއެއް ކުރިޔަށް ގެންދެވުނެވެ.

މި ރަސްމިއްޔާތުގައި، ތާޖުއްދީންގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނާއި މުޥައްޒަފުންނާއި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، އެޑިއުކޭޝަން މިސްޓަރާއި ތާޖުއްދީންއަށް ޚިދުމަތް ކޮށްދެއްވި ގިނަ ޕްރިންސިޕަލުންނާއި އެކި ދުވަސްވަރު ތާޖުއްދީން ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއި އެ ސްކޫލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތާޖް އެނިވަރސަރީ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތުގައި ތާޖުއްދީން ސްކޫލްގައި 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވުންވެސް އޮތެވެ. އެފަރާތް ތަކަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތާޖުއްދީން ސްކޫލްގެ އެނިވަރސަރީ މެގަޒިން އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެ ސްކޫލާއި ގުޅޭގޮތުން ޚާއްޞަ ކުއިޒެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ބާއްވަވާފައެވެ.

ތާޖުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަމުން އަންނަނީ 7 ފެބުރުއަރީގައެވެ. ތާޖުއްދީން ސްކޫލުގެ އަހަރީ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއްވަނީ ރާވާފައެވެ. އަހަރީ ދުވަހާއި ގުޅުވައިގެން 10 ފެބުރުއަރީގައި ވަނީ ޚާއްޞަ އެސެމްބްލީއެއް ރަސްފަންނުގައި ބާއްވާފައެވެ. ދުވަހާއި ގުޅުގައިގެން ޓީޗަރުންގެ ޚާއްޞަ ޝޯއެއް ދަރިވަރުންނަށް ބާއްވާފައެވެ. އަހަރީ ލޯގޯއެއް އިފްތިތާޙް ކުރުމާއި 30ވަނަ އަހަރީ މެގަޒިންއެއް އިފްތިތާޙް ކުރުމާއި،  އަހަރީ ލަވަވަނީ އިފްތިތާޙް ކޮށްފައެވެ.

Post comment

Your email address will not be published. Required fields are marked *

© 2016 Thaajuddeen School