ބައިވެރިވެވޭވެ ގޮތުގެ ތަފްސީލު

ދަރިވަރަކަށް ގިނަވެގެން ބައިވެރިވެވޭނެ ޙަރަކާތްތަކުގެ ތަފުސީލު

  • 1-5 އަށް ކުލްބްހަރަކާތަކުގެ ބަދަލުގައި ހިންގޭނީ ގޯލްޑަން ރިންގް ޕްރޮގްރާމްއެވެ.
  • 7،6 ގެ ކޮންމެ ދަރިވަރަކަށްވެސް ކޮންމެވެސް 1 ކްލަބް އަދި 1 ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ވަކިވަކި ކުލަބުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ.
  • އިންޓަރ ސްކޫލް މުބާރާތްތަކަށް ސްކޫލުން ދަރިވަރު ހޮވުމަށްފަހު އެހަރަކާތުން ވަކިވެއްޖެނަމަ އެހެން ހަރަކާތަކުން ފުރުސަތުދޭގޮތަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.
  • ކޮންމެ ޙަރަކާތަކީވެސް ވަކި ހުނަރެއްހުރި ޓީޗަރުންނާއި ފެސިލިޓޭޓަރުން ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވޭނެ ޙަރަކާތްތަކަށްވުމާއެކު ދަރިވަރުންނަށް ފުރުސަތު ދިނުމުގައި އެޙަރަކާތެއްގައި ތިއްބެވި ޓީޗަރުންގެ ނިސްބަތަށްބަލާ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތުދެވޭނެއެވެ.
  • ބޭންޑް، އާރޓް، ޤުރުއާން، ކޮޔަރ/ލަވަޔަށް ކުދިން ހޮއްވަވާނީ ކަމުގެ ހުނަރުހުރި ބޭފުޅުންނެވެ.
  • ހަރަކާތެއްގައި ބައިވެރިވުމަށްފަހު، މަގުބޫލު އުޒުރެއްނެތި ވަކިވެއްޖެނަމަ އެހެން އެހަރަކާތަކުން ފުރުސަތު ދޭގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދަންނަވަމެވެ.
  • މީގެ އިތުރުން އަދަބީ މުބާރާތްތައް، ކޮންސެޓް، ކުޅިވަރު ފަދަ ކަންކަމުގައި ހުރިހާ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ޙަރަކާތްތައް އިންތިޒާމް ކުރެވޭނެއެވެ.

Comments are closed.

© 2016 Thaajuddeen School