ކުޅިވަރު /އިންޓަ ހައުސް

ކުޅިވަރު

ސްކޫލުގައި ހިންގޭ އިންޓަރ ކްލާސްކުޅިވަރު ހަރަކާތް ތަކުގައި ހުރިހާ ދަރިވަރުން ބައިވެރިކުރެވޭނެއެވެ.
ސްކޫލްގައި ކުރިޔަށް ގެންދާ ކުޅިވަރު އެކަޑަމީތަކުގައި ވަކި އުޖޫރައެއް ދީގެން ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް ލިބިފައިވެއެވެ.
ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަން ބައިވެރިވާ ދަރިވަރުންނަށް އެންގޭނެއެވެ.
މީގެ އިތުރުން ވައި.ޑީ.ޕީ ގައި ބައިވެރިވުމަށް ޝައުގުވެރިވާ  ދަރިވަރުންނަށް ފުރުސަތު ހޯދައި ދިނުމަށް ސްކޫލުން މަސައްކަތް ކުރާނެއެވެ.
ސްކޫލުން ބޭރުގައި ހިންގޭ ކުޅިވަރު ޕޫލްތަކަށް އާއްމުކޮށް ސްކޫލްގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާ ގަޑިތަކާއި ޚިލާފް ގަޑިތަކެއްގައި ދަރިވަރު ދާންޖެހިދާނެއެވެ.

އިންޓަރހައުސް އަދި އިންޓަރކްލާސް މުބާރާތްތައް

ހުރިހާ ގްރޭޑެއްގައިވެސް އިންޓަރ ކްލާސް މުބާރަތްތައް ބޭއްވޭނެއެވެ.
އަހަރަކު އެއްފަހަރު ކޮންމެވެސް އެއްކުޅިވަރަކަށް އިންޓަރހައުސް މުބާރާތެއްބޭއްވޭނެއެވެ.

Comments are closed.

© 2016 Thaajuddeen School