މައިލޯ ބިގް މެޗު ތާޖުއްދީން ސްކޫލުން ކާމިޔާބުކޮށްފި

ޚަބަރު: ސަން:

ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުރިއަށް ގެންދިޔަ އެ މެޗުގެ ޓޮސް ދިމާވުމުން މުޙްޔިއްދީން ސްކޫލް ގަސްތުކުރީ ކުޅުމަށެވެ.

މުޙްޔިއްދީން ސްކޫލުން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 104 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑުހެދި ރައްސާމް ރަޝީދެވެ. މުޅި މެޗުގައި ވެސް އެންމެ ގިނަ ލަނޑުހެދީ ރައްސާމްއެވެ. ތާޖުއްދީން ސްކޫލްގެ އަހުސަން އާއި ރާފިލް ވަނީ ތިން ވިކެޓް ނަގާފައެވެ.

ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރައި 18 އޯވަރުތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ވަނީ 105 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑުހެދި އަހުސަން އާއި ޝަހުދާންއެވެ. މުޙްޔިއްދީންގެ ރައްސާމް ރަޝީދު ވަނީ 2 ވިކެޓް ނަގާފައެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލަށް 24 ލަނޑު އަދި 3 ވިކެޓްނެގި މުހައްމަދު އަޙްސަންއެވެ. އެންމެ ގިނަ ވިކެޓް ނެގާފައިވަނީ 3 ވިކެޓްނެގި، ތާޖުއްދީން ސްކޫލްގެ އަލީ ރަފީލްއެވެ. އެންމެ ގިނަ ކެޗް ހިފާފައިވަނީ 2 ކެޗް ހިފި އަލީ ޒަޔާންއެވެ. އެންމެ މޮޅު ފިލްޑަރަކަށް ހޮވިފައިވަނީ މުޙްޔިއްދީންގެ މުހައްމަދު ސަމީހްއެވެ.

މައިލޯ ބިގް މެޗަކީ އިންޓަރ ސްކޫލް ކުރިކެޓް މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދެ ސްކޫލްގެ ދެމެދުގައި ކުޅެވޭ މެޗެކެވެ.

Post comment

Your email address will not be published. Required fields are marked *

© 2016 Thaajuddeen School