ޕީ.ޓީ.އޭގެ ހިންގާ ކޮމިޓީ

ޕީ.ޓީ.އޭގެ މައިގަނޑު މަޤްސަދަކީ ބެލެނިވެރިންނާއި މުދައްރިސުންގެ މެދުގައި ގުޅުން އުފައްދައި، ސްކޫލްގެ ދަރިވަރުންގެ ޢާއްމު މަންފާއަށްޓަކައި މަސައްކަތްކުރުމެވެ.
މިޖަމްއިއްޔާ ހިންގާނީ އެކަމަށްޓަކައި ހޮވިފައިވާ ހިންގާ ކޮމިޓީގެ ނަމުން ނަންދެވިފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ. މިކޮމިޓީ އެކުލެވިގެންވަނީ ތިރީގައި މިދަންނަވާ މަޤާމްތަކުގެ މައްޗަށެވެ.
1.ރައީސް ( ސްކޫލްގެ ޕްރިންސިޕަލް )
2.ނާއިބްރައީސް ( ބެލެނިވެރިންގެ ތެރެއިން )
3.ޕީ.ޓީ.އޭގެ ކޯޑިނޭޓަރ ( ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެއް )
4. ސްކޫލްގައި އުފައްދާ ޕީ.ޓީ.އޭ ގެ ކޮމެޓީ ތަކުގެ ޗެއަރޕާރސަނުން ( ބެލެނިވެރިންގެ ތެރެއިން )
5.ސެކްރެޓަރީ ( ސްކޫލްގެ ލީޑިންގ ޓީޗަރ ނުވަތަ ޓީޗަރެއް )
6.ޚަޒާންދާރު ( ބެލެނިވެރިންގެ ތެރެއިން )
7.އިތުރު މެމްބަރުން ( ކޮންމެ ގްރޭޑަކުން ޓީޗަރަކާއި ބެލެނިވެރިއެއް )

ކުލާސް މަންދޫބުން

ސްކޫލްގެ ކޮންމެ ކްލާހަކުން 2 މަންދޫބުން ކްލާސް މަންދޫބުންގެ ގޮތުގައި ހޮވޭނެއެވެ. މިމަންދޫބުން ހޮވޭނީ ކްލާހުގައި ހިމެނޭ ބެލެނިވެރިންގެ ވޯޓުންނެވެ.
ޕީ.ޓީ.އޭގެ ހިންގާ ކޮމިޓީ އަދި އާންމު މެންބަރުންގެ ގޮތުގައި ހޮވޭ ބޭފުޅުންނަކީ ސްކޫލަށް ވަގުތު ދެއްވޭނެ ބޭފުޅުންނަށް ވުމީ ސްކޫލްގެ ވަރަށް ބޮޑު އެދުމެކެވެ.
ދަރިވަރުންގެ ކަންކަން ރަގަޅުކުރުމާއި ކޮންމެ ބެލެނިވެރިޔަކުވެސް އިސްރޯލެއް އަދާ ކުރެއްވުމާއި ސްކޫލުން ހިންގާ ހަރަކާތްތައް ކާމިޔާބު ކަމާއެކު ގެންދިއުމުގައި ސްކޫލްއާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުން.

Comments are closed.

© 2016 Thaajuddeen School