ސްކޫލް ބޯރޑް

1- ތައާރަފް

i. ސްކޫލް ބޯޑަކީ ސްކޫލްތައް ހިންގުމުގައި އިސްދައުރެއް އަދާކުރާ ޖަމާއަތެކެވެ. މިބޯޑު އެކުލެވިގެންވަނީ ސްކޫލްގެ ތައުލީމުގައި ހިއްސާވާ ފަރާތްތަކުގެ މައްޗަށެވެ. ސްކޫލް ބޯޑު ހިމެނިގެންދާނީ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ މުސްތަގިއްލު އަދި ޒިންމާދާރު މުވައްސަސާއަކަށެވެ. ސްކޫލް ބޯޑް ގާއިމު ކުރުމުގެ މައިގަޑު ބޭނުމަކީ ކަމާގުޅޭ ފަރާތްތައް ގުޅިގެން ޒިންމާދާރު ގޮތުގައި ސްކޫލްގެ ހިންގުމާއި ތައުލީމާއި ތަރުބިއްޔަތުގެ ފެން    ވަރު މަތި ކުރުމެވެ.

2- ސްކޫލް ބޯޑުގައި ހިމެނޭ މަގާމުތައް

ii. ބެލެނިވެރިންގެ ތެރެއިން އިންތިހާބު ކުރެވޭ 5 މެމްބަރުން މިބެލެނިވެރިންގެ މެމްބަރުން ވާންވާނީ ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކަށެވެ. މިގޮތުން އެބެލިވެރިޔަކު ސްކޫލްގެ މުއައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.
iii. ސްކޫލް ޕްރިންސިޕަލް ނުވަތަ ސްކޫލް ހިންގުމާ ހަވާލުވެހުރި އެންމެ އިސްފަރާތް.
iv. ޕީ.ޓީ.އޭ ގެ ނައިބު ރައީސް.
v. ސްކޫލްގެ އެޑްމިނިސްޓްރޭޓަރ ނުވަތަ ބަޖެޓް ބަލަހައްޓަވާފަރާތް.
vi. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ މެމްބަރުން.
vii. މުދައްރިސުންގެ ތެރެއިން އިންތިހާބު ކުރެވޭ 2 މެމްބަރުން.
viii. ބޯޑު އިންތިހާބު ކުރާނީ 3 އަހަރުން 1 ފަހަރުއެވެ.
ix. ސްކޫލް ބޯޑުގެ މެންބަރުން ހިއްސާވާ ސްކޫލެއްގެ މާލީ ކަންތައްތަކުގައި މެމްބަރުން އިހުމާލުނުވާހާ ހިނދަކު އެއްވެސް މެމްބަރަކު ފަރުދީ ހައިސިއްޔަތުން އެއްވެސް ދަރަންޏެއްގައި ޒިންމާވާކަށް ނުޖެހޭނެއެވެ. ބިލްތަކަށް ފައިސާ ދެއްކުމުގައްޔާއި އަދި މިނޫނަސް އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމުގައި ޒިންމާ އުފުލާނީ އެސްކޫލަކުންނެވެ.

Comments are closed.

© 2016 Thaajuddeen School