ސްކޫލް ލަވަ

ނޫރު ތާޖުއްދީން

 

ލަވަ ހެއްދެވީ:     އޮނަރަބްލް ޙަމްދޫން ޙަމީދު

ނޫރު ތާޖުއްދީން ނޫރު މީދިއްލާ މަގޭ ޖާނާ ހިތާ

   ރަމްޒު ތާޖުއްދީން ރަންކުލައިން ދިއްލާ މަގޭ ޖައްވާ ބިމާ

      ތާޖުއްދީން ހިތްވަރޭ ތާޖުއްދީން ހިތްވަރޭ

         ހިތްމަތާ މިންނަތާ އެކުލެވޭ ހިތްވަރޭ

             އެންމެ ފޮނިކާމިޔާބީ ގެނެސްދޭ ހުށީ

ޢިލްމު އުގެނޭށެ ފަންނު އުގެނޭށެ

   ވިސްނުމާ ހިތްވަރުން ފަޚްރު ހޯދާށޭ

      އެންމެ ފުރިހަމަވާން ހިއްމަތޭވީ ކުރާން

         މިޢަޒުމުގައި އަބަދުވީ ސާބިތުވާން

            ތާޖުއްދީން ހިތްވަރޭ…

ދިވެހި ތާރީޚުން ދިވެހި ކާބަފައިން

   ދެއްވި ޚިދުމަތްތަކުން މީރޫހޭދިރޭ

      ރިވެތި އަޚުލާޤާ ރިވެތި ގޮތްތައް ބަލާ

         ރިވެތި އުޅުމެއް އުޅެން މީ ހުވަޔޭ ކުރާ

      ތާޖުއްދީން ހިތްވަރޭ…

Comments are closed.

© 2016 Thaajuddeen School