ދަރިވަރުން ސްކޫލަށް ސަލާމްބުނުމާއި ހާޟިރުނުވުން.

 

  • ހާޒިރުނުވާ ދަރިވަރުންގެ ބެލެނިވެރިން ހާޒިރުނުވެވުނު ސަބަބު ދުވަހުންދުވަހަށް ފޯނުން ނުވަތަ އެސް.އެމް.އެސް. މެދުވެރިކޮށް، ކްލާސް ޓީޗަރއަށް އަންގަންވާނެއެވެ.
  • ދަރިވަރު 3 ދުވަހަށް ވުރެ ގިނަދުވަހު ޙާޒިރުނުވަނީ މަގުބޫލް އުޒުރަކާ ހެދި ކަމުގައިވަނީނަމަ، މެޑިކަލް ސެޓިފިކެޓް ބެލެނިވެރިޔާ ސްކޫލަށް ހުށަހަޅަންވާނެއެވެ. އަދި ނާދެވޭ ދަރިވަރުންނަށް ގެއްލޭފިލާވަޅުތައް ގޭގައި ހުރެގެން ފުރިހަމަކުރެވޭނެ އިންތިޒާމް ސްކޫލާ ގުޅިގެން ހަމަޖައްސަންވާނެއެވެ.
  • މަގުބޫލު އުޒުރެއްނެތި ދަރިވަރު ސްކޫލަށް ޙާޒިރުނުވާތާ 3 ދުވަސް ވެއްޖެނަމަ ސަބަބުދެނެގަތުމަށްޓަކައި ކްލާސް ޓީޗަރގެ ޙާޒިރުގައި ބެލެނިވެރިޔާއާއި ލިޑިން ޓިޗަރ ބައްދަލުކުރާނެއެވެ.
  • ދަރިވަރު ޙާޒިރު ނުވާތާ 5 ދުވަސް ވެއްޖެނަމަ ލީޑިން ޓީޗަރ ގެއަށް ޒިޔާރަތްކޮށް، ބެލެނިވެރިޔާއާއި މަޝްވަރާކޮށް ރިޕޯރޓެއް އެކުލަވާލެވޭނެއެވެ. އަދި ދަރިވަރު ގެއަށް ޒިޔާރަތްކޮށް ބަދަލުނުވެވިއްޖެ ނަމަ އެކަން ލަސްނުކޮށް ކަމާބެހޭފަރާތަށް އެންގޭނެއެވެ.
  • ސްކޫލަށް ޙާޒިރުނުވާ ދަރިވަރުންނާމެދު ސްކޫލުން އަޅާފިޔަވަޅުތަކުގެ ރެކޯޑް ސްކޫލުން ރައްކާތެރިކަމާ އެކުބެލެހެއްޓޭނެއެވެ. އަދި މި ރެކޯޑްތައް މިނިސްޓްރީ އޮފް އެޑިޔުކޫށަނާއި ހިއްސާކުރެވޭނެއެވެ.

Comments are closed.

© 2016 Thaajuddeen School