ޔުނިފޯމް ކޯޑް

ފިރިހެން ދަރިވަރުން

އިސްތަށިގަނޑު

* އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާ ރަނގަޅަށް ފުނާ އަޅާފައެވެ.

* ސްކޫލަށް އަންނައިރު އިސްތަށިގަނޑަށް އިތުރު ގޮތްގޮތް ހަދައިގެން އައުމަކީ ސްކޫލްގެ ޤަވަޢިދާއި ޚިލާފު ކަމެކެވެ.

* އެކި ސްޓައިލްތަކަށް އިސްތަށިގަނޑު ހެދުމާއި ކުލަޖެއްސުން އަދި އިސްތަށިގަނޑު ޑައިކޮށް ނުވަތަ ހައިލައިޓްކޮށް ހެދުމަކީ މަނާކަމެކެވެ.

އިސްޓާކީން އަދި ބޫޓް

* އިސްޓާކީން އަދި ބޫޓް ހުންނަންވާނީ ކަޅު ކުލައިގައެވެ. އިސްޓާކީނު ހުންނަންވާނީ ފައިގެ ތަނބިކަށިން މައްޗަށް 5 އިންޗިއަށްވުރެ ކުރު ނުވާވަރަށެވެ.

* ބޫޓުގައި އެއްވެސް ޑިޒައިނެއް ހުރެގެން ނުވާނެއެވެ.

އެހެނިހެން

* ޔުނީފޯމް ލާފައި ހުންނައިރު އަތުކުރި ހުންނަންވަނީ އޮޅަބޮއްޓަށްވުރެ ތިރިއަށް 3 އިންޗި ހުންނަވަރަށް އޮޅާލާފައެވެ. ނުވަތަ އަތުގެ ކުޑަހުޅާއި ހަމައަށް ދިގުކޮށް އަތުކުރީގައި ގޮށް އަޅުވާފައެވެ.

* މި ޔުނީފޯމްއާއެކު ގުރޭޑް 6 ން މަތީގެ ކޮންމެ ދަރިވަރަކުވެސް ޓައީ އަޅަންވާނެއެވެ. (ސްކޫލުންދޭ ނަމޫނާ ޓައިއާއި އެއްގޮތަށް)

* ޓައީ އަޅާފައި ހުންނައިރު ޓައީގެ ދިގުމިން ހުންނަންވާނީ ބެލްޓުގެ މަތީ ކައިރިއާއި ހަމައަށެވެ.

* ފަޓުލޫނު / ސޯޓް އާއިއެކު ބޭނުންކުރާނީ އާދައިގެ ކަޅު ބެލްޓެކެވެ. (ފެޝަން ބެލްޓްގެ ގޮތުގައި ބެލެވޭ ބެލްޓް އެޅުމަކީ މަނާކަމެކެވެ.)

* ފިރިހެން ކުދިން އެއްވެސް ވައްތަރެއްގެ ގަހަނާއެއް އެޅުން ހުއްދައެއްނޫނެވެ.

* ގްރޭޑް 6 ކުން މަތީގެ ދަރިވަރުންނަށް އަތުކުރީގައި ރަން، ރިހި ނުވަތަ ކަޅުކުލައިގެ ކަމަރުލީ ގަޑި އެޅިދާނެއެވެ

އަންހެން ދަރިވަރުން

އިސްޓާކީން އަދި ބޫޓް

* އިސްޓާކީން އަދި ބޫޓް ހުންނަންވާނީ ކަޅު ކުލައިގައެވެ. އިސްޓާކީނު ހުންނަންވާނީ ފައިގެ ތަނބިކަށިން މައްޗަށް 5 އިންޗިއަށްވުރެ ކުރު ނުވާވަރަށެވެ.

* ބޫޓުގައި އެއްވެސް ޑިޒައިނެއް ހުރެގެން ނުވާނެއެވެ.

ބުރުގާ

* ބުރުގާގެ ކުލައަކީ ކަޅު ކުލައެވެ. ބުރުގާގައި އެއްވެސް ޑިޒައިނެއް ހުރެގެން ނުވާނެއެވެ.

* ބުރުގާ އަޅަންވާނީ ޓައިއާއި ބެޖުގެ އެއްބައި ފެންނަވަރަށެވެ.

* ބުރުގާ އެޅުމަށް ބޭނުންކުރާނީ އާދައިގެ ޕިނެވެ. އެސްޖެހިފައިހުންނަ ދަތި ބޭނުންކުރުމަކީ މަނާކަމެކެވެ.

* ބުރުގާއަޅާ ދަރިވަރުން ބުރުގާ އަޅާފައި ހުންނަންވާނީ މިހާރުވެސް ބުރުގާއަޅަން އަންގާފައިވާގޮތަށެވެ.

އިސްތަށިގަނޑު

* އިސްތަށިގަނޑު އެއްސޭވަރަށްވުރެ ކުރުނަމަ ހިފެހެއްޓޭގޮތަށް ހިމަ ކަޅުބޭންޑެއް ނުވަތަ ކަޅުދަތި ބޭނުންކުރުން އަދި ރަންރީދޫ ކުލައިގެ ރިބަނުން ބޮލުގައި ޓައީއެއް ހަރުކުރުން.

* ގިރުވާނަށްވުރެން ދިގުނަމަ އިސްތަށިގަނޑު ހުންނަންވާނީ ގެތުމަށްފަހު ރަންރީދޫ (ގޯލްޑަން ޔެލޯ) ½ ރިބަނުން އައްސާ ޓައީ ޖަހާފައެވެ.

* ޔުނީފޯރމްގެ ގިރުވާނުގައި އިސްތަށިގަނޑު ޖެހޭނަމަ ނުވަތަ އެއްސޭވަރަށް އިސްތަށިގަނޑު ދިގުނަމަ ހުންނަންވާނީ ރަންރީދޫ (ގޯލްޑަން ޔެލޯ) ރިބަނުން އައްސާ ޓައީ ޖަހާފައެވެ.

* ސްކޫލަށް އަންނައިރު އިސްތަށިގަނޑަށް އިތުރު ގޮތްގޮތް ހަދައިގެން އައުމަކީ ސްކޫލްގެ ޤަވާޢިދާއި ޚިލާފު ކަމެކެވެ.

* އެކި ސްޓައިލްތަކަށް އިސްތަށިގަނޑު ހެދުމާއި ކުލަޖެއްސުން އަދި އިސްތަށިގަނޑު ޑައިކޮށް ނުވަތަ ހައިލައިޓްކޮށް ހެދުމަކީ މަނާކަމެކެވެ.

އެހެނިހެން

* ބުރުގާއަޅާ ދަރިވަރުން ފިޔަވައި ގުރޭޑް 6 ން މަތީގެ ދަރިވަރުން ޔުނީފޯމް ލާފައި ހުންނައިރު އަތުކުރި ހުންނަންވާނީ އޮޅަބޮއްޓަށްވުރެ ތިރިއަށް 3 އިންޗި ހުންނަވަރަށް އޮޅާލާފައެވެ. ނުވަތަ އަތުގެ ކުޑަހުޅާއި ހަމައަށް ދިގުކޮށް އަތުކުރީގައި ގޮށް އަޅުވާފައެވެ.

* ގުރޭޑް 6 ން މަތީގެ ކޮންމެ ދަރިވަރަކުވެސް މި ޔުނީފޯމްއާއެކު ޓައީ އަޅަންވާނެއެވެ. (ސްކޫލުންދޭ ނަމޫނާ ޓައީއާއި އެއްގޮތަށް)

* ޓައީ އަޅާފައި ހުންނައިރު ޓައީގެ ދިގުމިން ހުންނަންވާނީ ބެލްޓުގެ މަތީ ކައިރިއާއި ހަމައަށެވެ.

* ސްކާޓް އާއިއެކު ބޭނުންކުރާނީ އާދައިގެ ކަޅު ބެލްޓެކެވެ. (ފެޝަން ބެލްޓްގެ ގޮތުގައި ބެލެވޭ ބެލްޓް އެޅުމަކީ މަނާކަމެކެވެ.)

* ޔުނީފޯމާއިއެކު އަންހެންކުދިން ކަންފަތުގައިލާ ރަން އެއްޗެއް ފިޔަވައި އިތުރު އެއްވެސް ގަހަނާއެއް އެޅުން ހުއްދައެއް ނޫނެވެ. (މީގެ ތެރޭގައި ކަންފަތުގައިލާ އެލިފައި ހުންނަ ތަކެތި ބޭނުން ނުކުރެވޭނެއެވެ.)

* ގްރޭޑް 6 ކުން މަތީގެ ދަރިވަރުންނަށް އަތުކުރީގައި ރަން، ރިހި ނުވަތަ ކަޅުކުލައިގެ ކަމަރުލީ ގަޑި އެޅިދާނެއެވެ.

Comments are closed.

© 2016 Thaajuddeen School